ޚަބަރު

ކޮންޓިންޖެންސީ ބަޖެޓު ހޭދަކުރެވޭނެ ގޮތް ރައީސަށް އެނގިވަޑައިގަންނަވާނެ: ރޮޒައިނާ

އަލީ ޔާމިން

ކޮންޓިންޖެންސީ ބަޖެޓު ހޭދަކުރެވޭނެ ގޮތް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ކޮންޓިންޖެންސީ ބަޖެޓުން ހޭދަކުރަނީ އުސޫލުން ބޭރުން ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެއަށް ރައްދުދެއްވައި،

ރައްދުދެއްވައި ރޮޒޭނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު އިންނެވިކަމަށާއި އެހެންކަމުން ކޮންޓިންޖެންސީ ބަޖެޓު ހޭދަކުރެވޭނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން ގާނޫނާއި ހިލާފު އެއްވެސް ކަމެއް ރައީސް ސޯލިހު ނުކުރައްވާނެ ކަމަށާއި، ކޮންޓިންޖެންސީ ބަޖެޓުން ހޭދަކުރަނީ އުސޫލުން ބޭރުން ކަމަށް ބައެއް ބޭފުޅުން ދާޅުވަނީ ރައްޔިތުންނަށް އޮޅުވާލައި ފިތުނަ އުފެއްދުމަށް ކަމަށްވެސް ރޮޒޭނާ ވިދާޅުވިއެވެ.

"ރައްޔިތުންނަށް އޮޅުވާލައި ފިތުނަ އުފެއްދުން ނޫން ބޭނުމެއް މިވާހަކައިން ނުފެނޭ. ރައީސްގެ މަގުބޫލުކަން މާ ބޮޑަށް އިތުރުވަނީ ދޯ؟" ރޮޒޭނާ ވިދާޅުވިއެވެ.

ކޮންޓިންޖެންސީ ބަޖެޓަކީ އަހަރީ ބަޖެޓުގައިވާ ކަންކަމުގެ ތެރެއިން އިތުރަށް ހަރަދުކުރަން ޖެހިދާނެ ކަމަށް ބަހައްޓާ މިންވަރެކެވެ.