ޚަބަރު

މެލޭޝިއާގައި ކޮވިޑް 19އަށް ޕޮޒިޓިވްވި ދިވެހި މީހާ ބަލިން ރަނގަޅުވެއްޖެ

މެލޭޝިއާގައި ކޮވިޑް 19އަށް ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާރު އެމީހާ ބަލިން ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މެލޭޝިއާގައި ހުރި ދިވެއްސަކު ޕޮޒިޓިވްވި ކަމަށް މެލޭޝިއާގެ އިދާރާތަކުން މައުލޫމާތު ލިބިފައިވަނީ. ފޮރިން މިނިސްޓްރީ އާއި އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް މެކޭނިޒަމްގެ ތެރެއިން އަޅުގަނޑުމެން ހޯދި މައުލޫމާތުން މިހާރު އެއީ ކޮން ފަރާތެއްކަން ވަނީ އެނގިފައި. މިހާރު އެ ފަރާތް ބަލިން ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލެވިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މެލޭޝިއާ އިން ރާއްޖެ އައި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓެއްވީ މީހަކު ހުރިތޯ ބެލުމަށް މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެމީހާ ޕޮޒިޓިވްވި ދުވަހެއް އެނގިފައިނުވާ ކަމަށެވެ.