ޚަބަރު

ހުޅުމާލޭ ފްލެޓު، ގޯތި އަދި ރޯހައުސްތަކުގެ ކުލި އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި

އަލީ ޔާމިން

ހުޅުމާލޭން ދޫކޮށްފައިވާ ފްލެޓުތަކާއި، ރޯހައުސްގެ އިތުރުން ގޯތިތަކުގެ ކުލި އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހައުސިން ޑިވެލޮޕްމަންްޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހަމަޖައްސައިފިއެވެ.

އެޗްޑީސީން ބުނީ ކޮވިޑް 19އިން ރައްކާތެރިވުމަށް އިޖުތިމާއީ ގައިދުރުކުރުމަށް ސިއްހީ މާހިރުން ލަފާ އަރުވަމުން އަންނަ އިރު، ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހުޅުމާލޭން ދޫކޮށްފައިވާ ފްލެޓާއި، ރޯހައުސްގެ އިތުރުން ގޯތިތަކުގެ ކުލި އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ފައިސާ ދެއްކި ފްލެޓާއި، ރޯހައުސް އަދި ގޯތިތަކުގެ ތަފްސީލް ލިޔުމަށް ފަހު 7701134831003 އެކައުންޓަށް ޓްރާންސްފާ ކުރުމަށްފަހު ރިސިޕްޓްކޮޅު 7290448 އަށް ވައިބާ ކުރުމަށް އެދޭ ކަމަށެވެ.

ހުޅުމާލޭން ދޫކޮށްފައިވާ ފްލެޓާއި، ރޯހައުސްގެ އިތުރުން ގޯތިތަކުގެ ތަފްސީލް “މައި ހުޅުމާލޭ” އެޕްލިކޭޝަނުން ލިބެން ހުންނާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.