ޚަބަރު

ކޮވިޑް 19އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ޗައިނާގެ ފޮރިން މިނިސްޓަރަށް އަރުވައިފި

އަލީ ޔާމިން

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ވާންގް ޔީ އާ ފޯނުން ގުޅުއްވައި، ކޮވިޑް 19އާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް 19އާ ދެކޮޅަށް ޗައިނާއިން ކުރަމުން އަންނަ މަސައްކަތުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާއި ސްޓޭޓް ކައުންސިލަރު ވާންގް ޔީގެ އިތުރުން ޗައިނާ ސަރުކާރުން ދައްކާ ލީޑާޝިޕަށް ތައުރީފުކުރައްވައިފައެވެ.

މީގެ އިތުރުން ރާއްޖޭގައި ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތާއި، ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު މިނިސްޓަރު ޝާހިދު ވަނީ ޗައިނާގެ ފޮރިން މިނިސްޓަރަށް އަރުވައިފައެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. ޗައިނާގެ ފޮރިން މިނިސްޓަރާއެކު އިއްޔެ ފޯނުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ޗައިނާގެ ޔުނާން ޕްރޮވިންސުން ދިވެހިރާއްޖެއަށް ހަދިޔާކުރިކަން ފާހަގަކުރައްވައި، އެކަމަށްވެސް ޝުކުރު އަދާކުރައްވައިފައެވެ.