ބިއުޓީ

މަނީޝް މަލޯތްރާ ކޮސްމެޓިކްސް ބްރޭންޑެއް ލޯންޗު ކުރަނީ

މަޝްހޫރު ބޮލީވުޑް ފެޝަން ޑިޒައިނަރު މަނީޝް މަލޯތްރާ ޔޫރަޕްގެ ޕްރީމިއަމް މޭކަޕް ބްރޭންޑެއް ކަމަށްވާ މައިގްލެމްއާ އެކު ކޮލަބްރޭޓް ވެގެން އަމިއްލަ މޭކަމް ލައިނެއް ލޯންޗު ކުރާކަމަށް ބުނެފިއެވެ.

މަނީޝް މަލޯތްރާ ހޯޓް ކޮޓުއަ މޭކަޕް ގެ ނަމުން ނެރޭ މި މޭކަޕް ލައިން އަކީ ގްލެމެރަސް ވުމަށް ބޭނުން ވާ ކޮންމެ އަންހެނަކަށްވެސް ޓާގެޓްކޮށްގެން ނެރޭ ލައިނެއް ކަމަށް މަނީޝް ނެރެފައިވާ ނޫސް ބަޔާނުގައި ވެއެވެ.

ސެލެބްރިޓީ ފިޓްނަސް ޓްރެއިނާ ޑިއަން ޕަންޑޭގެ އަންހެން ދަރި އަލަންނާ އަކީ މަނީޗްގެ މި ކަލެކްޝަންގެ އިންސްޕިރޭޝަން ކަމަށްވެސް ވަނީ ބުނެފައެވެ.

"ރީތި ކޮށް ހުރުމުން ރީތި ކަމުގެ އިހްސާސް އަމިއްލަ އަށްވެސް ކުރެވޭނެ. ބިއުޓީ އަކީ ވަރަށް ބޮޑަށް ކޮންފިޑެންސް ވަރުގަދަ ކޮށްލާ އެއްޗެއް. އަބަދުވެސް އަޒުމަކީ ގްލެމާ ސެލެބްރޭޓް ކުރުން. މި ހޯޓް ކޮޓުއަ ލައިން އަކީ ހުރިހާ އަންހެނުންނަށް ހާއްސަ އެއްޗެއް. ކުޑަ ވަގުތު ކޮޅަކުން ރީތި ވުމަށް މިލައިން ބޭނުން ކުރެވޭނެ" މަނީޝް ގެ ނޫސް ބަޔާނުގައި ވެއެވެ.

މައި ގްލެމްގެ މާކެޓިން އޮފިސަރު ބުނި ގޮތުގައި މަނީޝް މަލޯތްރާގެ ލައިން އިންޑިއާގައި ޑިސެމްބަރު 15 އިން ފެށިގެން ލިބެން ހުންނާނެއެވެ.