ޚަބަރު

މެއިލް ކޮށްގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރެވޭ އިންތިޒާމު ޑީޖޭއޭއިން ހަމަޖައްސައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19އާ ގުޅިގެން އިއުލާނުކޮށްފައިމިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރުގައި ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް މެއިލްކޮށްގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެކަމާ ގުޅިގެން ޑީޖޭއޭ އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު އައިޑީ ކާޑުގެ ކޮޕީއަކާއެކު [email protected] އަށް މެއިލް ކުރުމުން ރެކޯޑު ސާފުކުރެވޭނޭ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

މެއިލް މެދުވެރިކޮށް ލިބޭ ފޯމުތަކުގައިވާ ރެކޯޑު ސާފުކުރުމަށްފަހު މެއިލް މެދުވެރިކޮށް ޖަވާބުދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޑީޖޭއޭގެ ސާކިއުލާގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންނަމަ 7766768 ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށްވެސް ޑީޖޭއޭއިން ބުނެފައިވެއެވެ.