މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ. މި މަގާމަށް އައްޔަން ކުރީ އަބުދުއްރަހްމާން ސަލާހް ރަޝީދު އެވެ.
ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު އައްޔަންކޮށް އެކަން ހޯމް މިނިސްޓްރީން އާންމުކުރީ މިއަދު އެވެ.
އަބުދުއްރަހްމާން ސަލާހް ވަނީ ހިއުމަން ރިސޯސް މެނޭޖްމަންޓުން މާސްޓާސް އާއި ބެޗަލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް ހޮޓެލް މެނޭޖްމަންޓް ފުރިހަމަކޮށްފައި ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އަބުދުއްރަހްމާން ސަލާހް މީގެ ކުރިން ވަނީ އިލެކްޝަން ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަގާމާއި މާލެ އަތޮޅު ތުލުސްދޫގެ ކައުންސިލް މެންބަރު ކަމާއި، ހުރާ ކައުންސިލްގެ ރައީސްކަން ކުރައްވާފައެވެ.