ޚަބަރު

ނުއުމާނަކީ އަގު ނުކުރެވޭ ވަރުގެ އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް: އަދާލަތު ޕާޓީ

އައިދާ އަބްދުލް ހަކީމް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަދި އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީގެ ރައީސް އަހްމަދު ނުއުމާން އަކީ ދިވެހި ގައުމަށާއި އަދާލަތު ޕާޓީއަށް އަގު ނުކުރެވޭނެ ވަރުގެ އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް އެޕާޓީން ޕާޓީން ބުނެފިއެވެ.

ނުއުމާނު އަވަހާރަ ވުމާއި ގުޅިގެން އަދާލަތު ޕާޓީން މިއަދު އާންމުކުރި ތައުޒިޔާގެ ބަޔާނެއްގައި ބުނެފައިވަނީ ނުއުމާން އަވަހާރަވި ހަބަރު އެހީ ނުހަނު ހިތާމައާއި އެކުގައި ކަމަށެވެ. ނުއުމާން އަކީ ގައުމަށާއި އަދާލަތު ޕާޓީއަށް އިހްލާސްތެރިކާމާއެކު ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ވިސްނުން ތޫނު، ހިވާގި، ހިންގުންތެރި، ހުލްގުހެޔޮ، އޯގާތެރި އަދި އެކި މިޒާޖުގެ މީހުންނާއެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް އަދާލަތުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދާލަތު ޕާޓީއާ 2012 ވަނަ އަހަރު ގުޅިވަޑައިގަތުމަށްފަހު އެޕާޓީގެ އައްޑޫ ހިތަދޫ އުތުރުދާއިރާގެ ރައީސް ކަމާއި، އަދާލާތު ޕާޓީގެ ޖެންޑާ އާއި އިންސާނީ ހައްގުތަކާބެހޭ ކޮމިޓީގެ ރައީސް ކަމާއި، ދިރާސާ ކުރުމާއި ފޮތް އެކުލަވާލުމުގެ ކޮމިޓީގެ މެންބަރުކަމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ މަސައްކަތްތަކަކީ އަގު ނުކުރެވޭނެ ވަރުގެ މަސައްކަތް ތަކެއް ކަމަށް އަދާލަތުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އަދާލަތު ޕާޓީން ކުރަމުން އަންނަ އިސްލާހީ މަސައްކަތުގެ ދަށުން ގިނަ ޕާޓީތަކެއް އެކުލެވޭގޮތަށް ސަރުކާރު އެކުލަވާލުމަށް ނުއުމާނު އިސްދައުރެއް އަދާ ކުރެއްވި ކަމަށް ވެސް އެޕާޓީން ވަނީ ފާހަގަކޮށްފައި ވެއެވެ.