ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެކަން ނިމިދިޔަ ސަރުކާރުގެ ބައެއް ވަޒީރުން ނިންމަވާފައިވާ އިރު، ރައީސް ޔާމީން ވެސް އިންތިހާބުގައި ވާދަކުރައްވާ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެތުރިފައެވެ.
ޕީޕީއެމް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެކަން އަދި ނުނިންމަވާ ކަމަށާއި މަޖިލިސް އިންތިހާބަށް އަދި ދުވަސް އެބައޮތް ކަމަށެވެ.
"އިންތިހާބުގައި ވާދަކުރުމަށް އަޅުގަނޑު އަދި ނުނިންމަން،" ރައީސް ޔާމީން ވިދާޅުވިއެވެ.