މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުންގެ ގޭގެއަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް މިއަދު ޒިޔާރާތްކުރައްވައިފި އެވެ.
ނައިބު ރައީސް ފައިސަލް މިއަދު ކުރެއްވި ޒިޔާރާތަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް"ގެ ހަރަކާތްތަކުގެ ޒިޔާރާތެކެވެ.
އެ ޒިޔާރާތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުންގެ ގާތަށް ޒިޔާރަތްކުރައްވާ އެފަރާތްތަކުންގެ ހާލު، ފައިސަލް ވަނީ ބައްލަވާފައެވެ.
އެކި ގެތަކުގެ އިތުރުން އެމަނިކުފާނު ވަނީ އައިޖީއެމްޗުގައި ތިބި ކުޑަކުދީންގެ ގާތަށްވެސް ޒިޔާރާތްކުރައްވާފައެވެ.