ޚަބަރު

ރާއްޖެއިން ދިޔަ މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވުމުން ދެ ރިސޯޓެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ރާއްޖެއިން ދިޔަ މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވުމުން ދެ ރިސޯޓެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓުގައި އުޅެފައި އެނބުރި ގައުމަށް ދިޔަ ބިދޭސީއަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެމީހާ ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19އަށް 19 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން އިޓަލީގެ ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރި ފަހުންނެވެ. މިހާތަނަށް ބަލި ޖެހުނު 13 މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ފަރުވާދެމުން އަންނަނީ ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ.