ޚަބަރު

ޕެޑުން ޓެކްސް ނެގުން ހުއްޓާލުމުގެ ބިލު ތަސްދީގުކުރައްވައިފި

އަހުމަދު ޖައިޝަން

އަންހެނުން ބޭނުންކުރާ "ސެނިޓެރީ ނެޕްކިންސް" ނުވަތަ ޕެޑުން ޓެކްސް ނެގުން އުވައިލުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ބާރީ އަބްދުﷲ އެވެ.

ޕެޑުން ޓެކްސް ނެގުން އުވައިލުމުގެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގައެވެ.

އެ ބިލު ތަސްދީގުކުރެއްވުމުން ސެނިޓަރީ ނެޕްކިން، ޓެމްޕޮން، މެންސްޓްރުއަލް ކަޕް އަދި އެފަދަ ތަކެއްޗަކީ ސުން-ރޭޓު ކަނޑައަޅާފައިވާ އަސާސީ މުދާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.