ޚަބަރު

ހަތަރު ރިސޯޓަކާއި 19 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ދީފި

މިހާތަނަށް ހަތަރު ރިސޯޓަކާއި 19 ސަފާރީއަކުން ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އިއްޔެ އާއި މިއަދާ އެއްކޮށް ޖުމްލަ ހަތަރު ރިސޯޓާއި 19 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ސަފާރީތަކާއި ރިސޯޓުތަކުން މިހާރު ޖުމްލަ 302 މީހަކު ފޭބުމުގެ ހުއްދަ ވަނީ ދެވިފައެވެ.

"އިއްޔެއާއި މިއަދާ އެއްކޮށް ހަތަރު ރިސޯޓު މިވަނީ ދޫކޮށްލެވިފައި. އަދި 19 ސަފާރީއެއް މިވަނީ ދޫކޮށްލެވިފައި. މިއަދު 280 އީމެއިލެއް ލިބި، 257 އީމެއިލަކަށް ވަނީ ރިޕްލައި ކުރެވިފައި. އަދި ބާކީ ހުރި އީމެއިލްތަކަށް ރިޕްލައި ކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން އެބަ ގެންދަވާ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ލިޔުންތައް ހަމަނުވުމާއި ނުބައި އީމެއިލް އެޑްރެސްއަކަށް އީމެއިލްކުރުން ފަދަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި އީމެއިލް ކުރަން ޖެހޭނީ [email protected] އަށް ކަމަށެވެ. އަދި 14 ދުވަސް ގުނުމުގައި ގެންގުޅޭ އުސޫލު އިތުރަށް ތަފުސީލުކޮށްފައި ނެރެފައިވާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީހުން ފޭބުމުގެ ހުއްދަ ދިން ރިސޯޓުތައް:

  • މަލަހިނި ކުޑަ ބަނޑޮސް - 64 މީހުން
  • ބްރެނިއާ ކޮއްޓެފަރު - 14 މީހުން
  • ރަހާ ރިސޯޓު - 34 މީހުން
  • ފޯ ސީޒަން ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެޓް ވޯވަށް - 14 މީހުން

މީހުން ފޭބުމުގެ ހުއްދަ ދިން ސަފާރީތައް:

  • ސްޓެލާ 2 - ހަތަރު މީހުން
  • ހަމަތި - ހަތަރު މީހުން
  • ކޮންޓެ މެކްސް - 13 މީހުން
  • އޯވާ ރީފް - ދެ މީހުން
  • ސީ ކޮރަލް ވޮޔޭޖަސް މޯލްޑިވްސް - ދެ މީހުން
  • މެޖިކް ލޭންޑް މޯލްޑިވްސް - ހަ މީހުން
  • ތެއިއާ ސަފާރީ - 34 މީހުން
  • އަސިދާ ސަފާރީ / މުރަކަ ވެންޗާސް - ހަ މީހުން
  • ލިއޯ - 12 މީހުން
  • ނޯއާ ސަފާރީ - ނުވަ މީހުން
  • ސްޓެލާ 1 - ފަސް މީހުން
  • އެންސިސް ފެލިސިޓީ - ތިން މީހުން
  • ސްލެއިލް 1 - 11 މީހުން
  • ޕްރިންސަސް ނޫރް - ފަސް މީހުން
  • ދަ މޯލްޑިވްސް މޮސައިކް - 14 މީހުން
  • އައިލެންޑް ސަފާރީ 2 - 12 މީހުން
  • ޕްރިންސަސް ހަސީނާ - 15 މީހުން
  • އެމްޕަޔާ ލިއޯ - 13 މީހުން
  • ޑުޕްލެކްސް ކްރޫސް - ހަ މީހުން