ޚަބަރު

100 މީހުންކުރެ އެކެއްގެ އަލާމާތް 14 ދުވަސް ފަހުންވެސް ފެނޭ، އެމީހާގެ ފުށުންވެސް ކޮވިޑް ފެތުރިދާނެ: ޑރ.ފައިސަލް

މަރިޔަމް ޝަހުދާ

2

ކޮވިޑް 19 ޖެހޭ 100 މީހުންކުރެ އެކެއްގެ އަލާމާތް 14 ދުވަސް ފަހުންވެސް ފެންނަ ކަމަށާއި އެމީހާގެ ފުށުންވެސް ކޮވިޑް 19 ފެތުރިދާނެ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ.ފައިސަލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

މި ޓުވީޓުގައި ޑރ. ފައިސަލް ވަނީ މިކަމާ ގުޅޭ ދިރާސާއެއް ވެސް ހިއްސާ ކުރައްވާފައެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ އެ ޓުވީޓަކީ މި ދިރާސާގެ ކުރު ހުލާސާއެއް ކަމަށެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުގައި ޗައިނާގެ ވުހާން ސިޓީން މި ބަލި ފުރަތަމަ ފެނުނު އިރު ބައްޔާއި ގުޅޭ މާ ބޮޑު އެއްޗެއް އެނގިފައެއް ނުވެއެވެ. އޭރު ބަލި ފެނުނު މީހުންގެ ޓްރެވަލް ހިސްޓްރީއަށް ބެލުމަށްފަހު މި ބަލި ފެންނަނީ ވައިރަހަށް މީހާ ހުށަހެޅޭތާ ދެ ދުވަހާއި 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށް ބެލެވިފައިވާ ކަމަށް މި ދިރާސާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މިހާތަނަށް މި ބައްޔާއި ގުޅޭ ގޮތުން އެނގިފައިވާ އިތުރު މައުލޫމާތުތައް މި ދިރާސާގައި ހިއްސާކޮށްފައި ވެއެވެ. އެގޮތުން މި ވައިރަސް ފުރަތަމަ ފެނިފައިވަނީ ވުހާސް ސިޓީން ކަމަށާއި، ނުވަތަ އެ ސިޓީއަށް ދަތުރު ކޮށްފައިވާ މީހެއްގެ ގައިން ކަމަށް ބުނެފައި ވެއެވެ. އަދި އެހެން ގައުމުތަކުން މި ބަލި ފެނިފައިވަނީ ވުހާން ސިޓީއަށް ދަތުރު ކުރުމުން، އެ ސިޓީއަށް ދަތުރު ކުރި މީހަކާ ކޮންޓެކްޓު ވެގެން ނުވަތަ ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓު ވެގެން ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟