މިންހާ ފާއިޒް ރަޝާދު
އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކޮވިޑް19 އަށް ޕޮޒިޓިވްވިތާ 10 ދުވަސް ފަހުން ހޮސްޕިޓަލުގައި އެޑްޓިމްކޮށްފި އެވެ.
ލަންޑަނުގެ ހޮސްޕިޓަލަށް އިއްޔެ ބޮރިސް ގެންދިޔައީ ބަލީގެ އަލާމާތްތައް މާބޮޑަށް ފެންނާތީ އިތުރު ފަރުވާއަށް ކަމަށް ބީބީސީގައި ބުނެފައި ވެއެވެ.
އެނޫހުން ބުނީ ހޮސްޕިޓަލުގައި ބޮރިސް އެއްދުވަހު އެޑްމިޓް ކޮށްފައި ބާއްވާނެ ކަމަށާއި، ބައެއް ޓެސްޓުތައް ކުރާނެ ކަމަށެވެ. މިއީ ޑޮކްޓަރުންގެ ލަފާގެ މަތިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށްވެސް އެ ނޫހުގައި ވެއެވެ.
ބޮރިސް ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ، މާދަމާ ބާއްވަން ނިންމާފައިވާ ކޮވިޑް19ގެ ބައްދަލުވުން ޗެއާ ކުރައްވާނީ އެގައުމުގެ ޕޮރިން ސެކްރެޓަރީކަމުގައި ވެއެވެ.
ބޮރިސްގެ އޮފީހުގެ ތްރުޖަމާނު ނެރުއްވި ބަޔާނެއްގައިވެސް ވަނީ ބޮރިސް އެޑްމިޓްކުރިކަން ޔަގީންކޮށްދީފަ އެވެ.
"މިއީ އަދިވެސް ބަލީގެ އަލާމާތްތައް ފެންނާނީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް." ބަޔާނުގައި ބުނެފައި ވެއެވެ.
ކޮވިޑަށް ޕޮޒިޓިވް ވި ނަމަވެސް ބޮރިސް ގެންދެވީ ގޭގައި ހުންނަވައިގެން ވީޑިއޯ ކޯލު މެދުވެރިކުރައްވައި ގައުމު ހިންގަވަމުންނެވެ. އެންމެ ފަހުން ރައްޔިތުންނާ ވީޑިއޯ މެދުވެރިކޮށް މުހާތަބު ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ހަށިކޮޅުން އަދިވެސް ކޮވިޑުގެ އަލާމާތްތައް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ މިދިޔަ ހުކުރުދުވަހު ޓުވީޓު ކުރައްވާފައި ވެއެވެ.