ޚަބަރު

އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމަށް ބަންދު ސަލީމު އައްޔަންކޮށްފި

އަހުމަދު ޖައިޝަން

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް އިބްރާހީމް ސަލީމް (ކުޑަ ބަންދޭ) އައްޔަން ކުރައްވައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކުރީގެ ޗެއާމަން ކަންވެސް އަދާކުރެއްވި ސަލީމް އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އިއްޔެ ކަމަށް އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ ސީއީއޯގެ މަގާމުގައި ކުރީން ހުންނެވީ ފަރުހަތު ޝަހީރެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގަތުމާއެކު ފަރުހަތު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ފަރުހަތު އެ މަގާމުން އިސްތިއުފާ ދެއްވިއިރު އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ވެސް ވަނީ އޭނާގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވައިފައެވެ.