އޮޑިޓް ލައިސަންސް އާކުރުމަށް އޮންލައިންކޮށް ފޯމް ހުށަހެޅޭ ގޮތަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހަމަޖައްސައިފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ދިވެހިރާއްޖޭގެ ގާނޫނީ އޮޑިޓް ކުރުމުގެ ގަވައިދު 2020/R-23 ނަންބަރުގެ ނުވަވަނަ ބާބުގެ 39 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް، ހުރިހާ އޮޑިޓް ފާމްތަކާއި، އޮޑިޓަރުން، ގަވައިދަށް އަމަލުކުރަން ފަށާތާ އެއް މަސްދުވަހުގެ ތެރޭގައި މި ގަވައިދުގެ ދަށުން އޮޑިޓް ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ކަމަށެވެ.
އެގޮތުން މިހާރު ދޫކޮށްފައިވާ "އޮޑިޓް ޕްރެކްޓިސިން ސެޓްފިކެޓް" ގެ ދަށުން އޮޑިޓް ކުރުމުގެ ހުއްދަ ދެމިއޮންނާނީ އެ ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 45 ދުވަހުގެ ނިޔަލަށެވެ.
ނަމަވެސް މިހާރު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާ ގުޅިގެން، އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ދަތިތަކެއް ހުރެދާނެތީ، އޮޑިޓަ ޖެނެރަލް އޮފީހުން ވަނީ އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ގޮތްތަކެއް ކަނޑައަޅައިފައެވެ. އެއީ:
އެހެންކަމުން ހުރިހާ ފާމުތަކާއި އަދި އޮޑިޓަރުންވެސް މި މުއްދަތުގެ ތެރޭގައި އޮޑިޓް ލައިސަންސް އާކުރުމަށް އެދި އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެ އޮފީހުން ވަނީ އެދިފައެވެ.
އެ އޮފީހުން ބުނީ އަލަށް ގާނޫނީ އޮޑިޓް ކުރުމުގެ ހުއްދައަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުންވެސް މިގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކާ އިންޓަވިއު ކުރަން ޖެހިއްޖެ ހާލަތެއްގައި، އޮންލައިންކޮށް އިންޓަވިއު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޮޑިޓާ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފައެވެ.