ޚަބަރު

މުޖުތަމައު ތެރޭގައި ބަލި ފެތުރިއްޖެ ނަމަ، އަމަލުކުރާނެ އުސޫލެއް އެކުލަވާލަނީ

1

މުޖުތަމައު ތެރޭގައި ބަލި ފެތުރިއްޖެ ނަމަ، އަމަލުކުރާނެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ރަށްރަށުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު އެއްވެސް މީހަކު ނެތް ކަމަށާއި އެތަންތަނަކީ މުޖުތަމައު ތެރޭގައި ބަލި ފެތުރިއްޖެ ނަމަ، ބޭނުންކުރެވޭނެ މުހިންމު ތަންތަން ކަމަށެވެ.

"އެތަންތަނަކީ ކޮމިއުނިޓީ ސްޕްރެޑެއް އައިސްފި ހާލަތެއްގައި މުހިންމު ތަންތަން، ފުރަތަމަ އެތަންތަނުގައި ބޭތިއްބުމަށް. އަދި ރާއްޖޭގައި ރީޖަނަލް ޕްލޭނެއް އެބަ ހެދޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ބައްޔަށް ފަރުވާދިނުމަށް، ކޮމިއުނިޓީ ސްޕްރެޑެއް އަންނަ ހިސާބަކުން ބޭނުންކުރާނެ ހޮސްޕިޓަލުތަކާއި އައިސީޔޫތަކާއި އެއްޗެހި މިހާރު އެހުރީ އައިޑެންޓިފައި ކުރެވިފައި،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ރަށްރަށުގައި ހުރި ކަރަންޓީނު ފެސިލިޓީތައް ބޭނުންކުރާ ހިސާބަށް އަދި ނުދާ ކަމަށާއި އެހެންކަމުން ކަރަންޓީނު ކުރަން ޖެހޭ މީހުން މިވަގުތު ގެންދެވޭނީ ސެންޓްރަލް ކަރަންޓީނު ފެސިލިޓީތަކަށް ކަމަށެވެ.

މިހާރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 12 މީހެކެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި ތިބީ 833 މީހެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟