ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ހުރިހާ ވަޒީރުންނަށްވެސް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
ރައީސް އައްޔަަން ކުރައްވާފައިވާ ހުރިހާ ވަޒީރުންނަށްވެސް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފައި ވަނީ އެ ކޮމިޓީގެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ފާސްްކުރުމަށް ފެނޭތޯ ކޮމިޓީގައި ވޯޓަށް އަހާފައި ވަނީ ހުރިހާ މެމްބަރުންނަށް އެއްކޮށް ގަނޑުކޮށެވެ. އެ ކޮމިޓީގެ މުގައްރިރަކަށް އިންނެވީ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.
ވަޒީރުންނަށް އައްޔަން ކުރެއްވި 19 ބޭފުޅުންނާއި ބަންޑާރަ ނައިބުގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 26ގައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް ތިރީގައި އެވަނީއެވެ.
1. އަބްދުﷲ ޝާހިދު - މިނިސްޓަރ އޮފް ފޮރިން އެފެއާޒް
2. މާރިޔާ އަހުމަދު ދީދީ - މިނިސްޓަރ އޮފް ޑިފެންސް
3. އިމްރާން އަބްދުﷲ - މިނިސްޓަރ އޮފް ހޯމް އެފެއަޒް
4. އިބްރާހީމް އަމީރު - މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
5. ޑރ. އިބްރާހީމް ހަސަން - މިނިސްޓަރ އޮފް ހަޔަ އެޑިޔުކޭޝަން
6. މުހައްމަދު އަސްލަމް - މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ
7. މުހައްމަދު މަލީހު ޖަމާލު - މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ
8. އަބްދުﷲ އަމީން - މިނިސްޓަރ އޮފް ހެލްތް
9. ޑރ. އާއިޝަތު އަލީ - މިނިސްޓަރ އޮފް އެޑިޔުކޭޝަން
10. އިބްރާހީމް ރިފްއަތު - އެޓާނީ ޖެނެރަލް
11. އަލީ ވަހީދު - މިނިސްޓަރ އޮފް ޓޫރިޒަމް
12. ފައްޔާޒް އިސްމާއީލް - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
13. ޒަހާ ވަހީދު - މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
14. ޑރ. އަހުމަދު ޒާހިރު - މިނިސްޓަރ އޮފް އިސްލާމިކް އެފެއަޒް
15. އައިމިނަތު އާތިފާ - މިނިސްޓަރ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް
16. އަހުމަދު މަޚުލޫފް - މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް
17. ޝިދާތާ ޝަރީފު - މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
18. އާއިޝަތު ނަހުލާ - މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
19. ޑރ. ހުސެއިން ރަޝީދު - މިނިސްޓަރ އޮފް އެންވަޔަރަންމެންޓް
20. ޔުމްނާ މައުމޫން - މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް