އަލީ ޔާމިން
އޯޓިޒަމް ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަހަރުގެ ބައިނަލްއަގުވާމީ އޯޓިޒަމް ދުވަސް ދިމާވެފައިވަނީ މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި ކަމަށެވެ.
ނަމަވެސް އޯޓިޒަމް ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދޭ ޖަމިއްޔާތަކާއި އާންމު ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމް ދުވަހެވެ.