ޚަބަރު

އެސްޑީއެފްސީން އަންނަ ހަފްތާގައި ހިދުމަތްދޭނެ ދުވަސްތައް އިއުލާނުކޮށްފި

އައިދާ އަބްދުލް ހަކީމް

އަންނަ ހަފްތާގައި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އާންމުންނަށް ހިދުމަތްދޭނެ ދުވަސްތައް އިއުލާނުކޮށްފިއެވެ.

އެސްޑީއެފްސީން ބުނީ، މިހާރު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ސަރުކާރު ބަންދުކުރަން ނިންމާފައި އޮތްނަމަވެސް އެކޯޕަރޭޝަނުން ދެމުން އަންނަ ހިދުމަތް މެދުނުކެނޑި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަންނަ ހަފްތާގައި އެކޯޕަރޭޝަންގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. އަދި ކަސްޓަމާ ސާވިސްގެ ކައުންޓަރުތަކުން ދެމުންގެންދާ ހިދުމަތްތައް މެދުކަނޑާލައި، އެ ކައުންޓަރުތަކުން ދެމުންދާ ހިދުމަތްތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

  • އެސްޑީއެފްސީ ކަސްޓަމާ ސާވިސް ކައުންޓަރުންތަކުން ހިދުމަތްދެމުންދާނެ ގޮތް:
  • ލޯނު އެޕްލިކޭޝަންސް ފޮނުވާނީ: [email protected]
  • އެހެނިހެން ލިޔެކިއުންތައް ފޮނުވާނީ: [email protected]
  • ލޯން ޑިސްބާސްމެންޓާ ގުޅޭގޮތުން: [email protected]

އެސްޑީއެފްސީން ބުނީ، އެ ކޯޕަރޭޝަނާގުޅޭ އެއްވެސް ކަމެއްގައި މައުލޫމާތު ސާފުކުރަން ބޭނުންނަމަ ނަންބަރު: 3306999 އަށް ގުޅައިގެން، ނުވަތަ 7366999 އަށް އެސްއެމްއެސް ކުރެވޭނެ ކަމަށެވެ.