ޚަބަރު

އަންނަ ހަފްތާގައި އެމްއެމްއޭ އާއި ބޭންކުތަކުން ހިދުމަތްދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތީގައި

އައިދާ އަބްދުލް ހަކީމް

މިހާރު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން އަންނަ ހަފްތާގައި ވެސް ސަރުކާރު ބަންދުކުރަން ނިންމާފައިވާތީ، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުންނަށް ހިދުމަތްދޭ ގަޑިތަކާއި ދުވަސްތައް އިއުލާނުކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ، އަންނަ ހަފްތާގައި އެމްއެމްއޭ އާއި ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.

އެ ދުވަސްތަކުގައި ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތް ދޭނީ ހެނދުނު 09:30 އިން 12:30 އަށް ކަމަށާއި އަދި ވަކިލާރި ބަލައިގަނެ، ދޫކުރުމުގެ ހިދުމަތްތައް ހެނދުނު 9:30 އިން 11:00 އަށް ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މީގެ އިތުރުން ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި އާންމުން އެމްއެމްއޭއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. ލިޔެކިޔުންތައް ފޮނުވުމަށް ހާއްސަކޮށްފައިވާ މެއިލް އަކީ؛ [email protected] އެވެ.