ވިޔަފާރިތަކާއި ކާބޯތަކެތި ޑެލިވަރީ ކުރާ ފަރާތްތަކުން ނަގަންޖެހޭ ހުއްދަ ސްޓިކާ ލިބޭނެ ތަންތަން ފުލުހުން އާންމުކޮށްފި އެވެ.
ކޮވިޑް 19 އާ ގުޅިގެން ވަކި ގަޑިތަކެއްގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ކާފިއު އިއުލާނުކޮށް އަދި މިއަދު މެންދުރު 12ގެ ފަހުން، ކާފިއުގެ ވަގުތުގައި ނޫނަސް އެއްފަހަރާ ތިންމީހުނަށްވުރެ ގިނައިން ބޭރުގައި އުޅުން މަނާ ކޮށްފައިވާތީ ވިޔަފާރިތަކާއި ކާބޯތަކެތި ޑެލިވަރީ ކުރާ ފަރާތްތަކުން ނަގަންޖެހެއެވެ.
ފުލުހުން ބުނީ އެ ހުއްދަ ސްޓިކާ މާލޭ ޓޯޔާޑް 9790121، ވިލިމާލެ ޕޮލިސް ސްޓޭޝަން 9790083 އަދި ހުޅުމާލެ 4000007 އަށް ގުޅުމުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެޗްޕީއޭގެ އެންގުމާއި ހިލާފުވާ ފަރާތްތައް 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށެވެ.
މާލޭ ސަރަހައްދަށް މިއަދުން ފެށިގެން ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ކާފިއު އިއުލާނު ކުރިނަމަވެސް ބައެއް ފަރާތްތަކާއި، އުޅަނދުފަހަރު ދުއްވުން ހުއްދަކުރުމަށް ވަނީ ނިންމާފައެވެ.