ގދ. ފިޔޯރީގައި ޖެޓީ މަތިން މޫދަށް ވެއްޓި މީހަކު މަރުވެއްޖެއެވެ.
އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފުލުހުން ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދީފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 6:50 ހާއިރު ކަމަށެވެ.
އެ ހާދިސާގައި މަރުވީ 71 އަހަރުގެ މީހެއް ކަމަށާއި އޭނާ މޫދަށް ވެއްޓުނީ ކައްސާލައިގެން ޖެޓީއާއި ބޯޓަކާ ދޭތެރެއަށް މޫދަށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.