ޚަބަރު

ތިމަރަފުށީ ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސްގެ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

އައިދާ އަބްދުލް ހަކީމް

ތ. ތިމަރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް އިއްޔެ ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ، ސަބް ބޭސްގެ މަސައްކަތުގެ އިތުރުން އެ މަސައްކަތުގެ ދަށުން ދަނޑުގެ ވެލިގަނޑު އެއްވަރު ކުރުމާއި، އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތްތަކުގެ އިތުރުން ވެސް އެމްޓީސީސީން ދަނޑު ވަށައިގެންވާ ޕޭވްމަންޓު ވެސް ހަދައި ނިންމާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ތ. ތިމަރަފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފައިވަނީ 2.4 މިލިއަން ރުފިޔާ އަށް މިދިޔަ ޖެނުއަރީ މަހުއެވެ.