މާލެ އާއި ހުޅުމާލެގައި ހުންނަ މިފްކޯގެ މަސްފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.
މިފްކޯއިން ބުނީ ކޮވިޑް 19 އާ ގުޅިގެން މިއަދުން ފެށިގެން ވަކި ގަޑިތަކެއްގައި ކާފިއު އިއުލާން ކޮށްފައިވާތީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)ގެ އެންގުމާއި އެއްގޮތަށް އަމަލުކުރުމުގެ ގޮތުން މާލެ އާއި ހުޅުމާލެގައި ހުންނަ މިފްކޯގެ މަސްފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
މިފްކޯ އިން ބުނީ ފިހާރަތަކުން ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް، ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކުގައި ދެމުންގެންދާނެކަމަށެވެ.
ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން، ރައްޔިތުންނަށް ދަތި ނުވެ، މަހުގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.