ލިލީ އިންޓަނޭޝަނަލް ކުންފުނީގެ ދެ ވެހިކަލަކަށް ބަޔަކު ގެއްލުން ދީފިއެވެ.
ލިލީ ކުންފުނީގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، ކާނިވާ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އެކުންފުނީގެ ދެ ވެހިކަލްތަކަށް ގެއްލުން ދީފައިވަނީ ދެ ދުވަހެއްގެ މަތިން ކަމަށެވެ.
އެގޮތުން ފުރަތަމަ ވެހިކަލަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ގެއްލުންދިއިރު ދެވަނަ ވެހިކަލަށް ގެއްލުންދިނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި ދެ ވެހިކަލްގެ ވެސް ކުރިމަތި ބިއްލޫރިގަނޑު ތަޅާލައި ތޫނު އެއްޗަކުން ގެއްލުން ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.އަދި ދެ މައްސަލަ ވެސް މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ މާޗް މަހުގެ 28 ވަނަ ދުވަހާއި 31 ވަނަ ދުވަހު އެފަދަ މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައިވާ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.