ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބާޒާރު ބްރާންޗު ފިޔަވައި އެހެން ބްރާންޗުތައް މާދަމާ ތިން ގަޑިއިރަށް ހުޅުވުމަށް އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލުން ބުނީ ބާޒާރު ބްރާންޗު ނޫން އެހެން ބްރާންޗުތައް މާދަމާ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30އަށް ހުޅުވިފައި ހުންނާނެ ކަމަށާއި އެ ގަޑިތަކުގައި އެ ބްރާންޗުތަކުން ހުރިހާ ހިދުމަތެއް ލިބިގެންދާނެ ކަމަށެވެ.
އެހެން ދުވަސްތަކޭ އެއްގޮތަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން އަދި ޓްރާންސްފާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށާއި ގޭގައި ތިބެގެން އިންޓަނެޓް އަދި މޯބައިލް ބޭންކިންގެ ހިދުމަތް ހޯދުމަށް އިލްތިމާސްކުރާ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.
ކޮވިޑް 19އާ ގުޅިގެން ސަރުކާރު ބަންދުކުރުމާ ގުޅިގެން ބީއެމްއެލްގެ ބްރާންޗުތަކުން ހިދުމަތްދެމުން ދިޔައީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ދެ ގަޑިއިރަށެވެ.