ޚަބަރު

ގުޅީފަޅު އަދި ތިލަފުށީގެ ކުލިތަކުން 30 ޕަސެންޓް ކަނޑައިދޭން ނިންމައިފި

2

ގުޅީފަޅު އަދި ތިލަފުށީގެ ކުލިތަކުން 30 ޕަސެންޓް ކަނޑައިދޭން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ނިންމައިފި އެވެ.

ޖީއެމްއައިޒެޑުން މި ގޮތަށް ނިންމާފައި ވަނީ މިއަދު އެވެ. އެކުންފުނީން ނިންމާފައި ވަނީ މިމަހު އެކަކުން ފެށިގެން ތިން މަސް ދުވަހު މި ލުއި ދޭށެވެ.

އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) "ވަން" އަށް މިއަދު ވިދާޅުވީ މި ފިޔަވަޅަކީ ކޮވިޑާއި ގުޅިގެން އިގުތިސޯދަށް ދިމާވެފައިވާ ދަތި އުނދަގޫތަކުން ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުންދީ ކުރިމަތިވެފައި މިވާ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެހީވުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.

ކުލި ކަނޑައިދޭން ނިންމި ތަންތަނުގެ ތެރޭގައި ގުޅީފަޅާއި ތިލަފުށީގެ ބިމާއި ގުދަންތައް ހިމެނެ އެވެ. އޭގެ ތެރޭގައި 385 ބިމާއި 34 ކެމިކަލް ގުދަން އަދި އިމާރާތްތައް ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތައް ވެސް ހިމެނޭ ކަމަށް އިބޫ ވިދާޅުވި އެވެ.

"މީގަ އަޅުގަނޑުމެން މި ބަލަނީ ޖީއެމްއައިޒެޑުންވެސް ވިޔަފާރިތަކަށް މ ވަގުތު ވެދެވޭން އޮތް އެހީތެރިކަމެއް ބަލައި އެކަމެއް ކޮށްދެވޭތޯ. ވަކީން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުނޑިގެން ދިޔަނުދީ އެހީވުމަކީ އިސްކަން ދޭ ކަމެއް." އިބޫ ވިދާޅުވި އެވެ.

ގުޅީފަޅު އަދި ތިލަފުށީ ބިންތަކާއި ގުދަން ތަކާއި އެނޫން ވެސް ކުލިތަކުން 30 ޕަސެންޓު ކަނޑައިދޭން ނިންމި އިރު، ރާއްޖޭގެ އެންމެ މަތީ ފަންތީން ފެށިގެން އާދައިގެ ވިޔަފާރިވެރީން ވެސް ތިލަފުށި އަދި ގުޅީފަޅުން ގުދަން ނުވަތަ ބިން ކުއްޔަށް ނަގާފައި ވެއެވެ. އަދި ދާދި ފަހުން ދޫކުރި ގުދަންތައްވެސް ގިނަ ބަޔަކު ކުއްޔަށް ހިފާފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟