ޝަހީދާ އަބްދުﷲ ސައީދު
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ފާތިމަތު އާމިރާ ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އާމިރާ ސިވިލް ސާވިސްގެ މެމްބަރު ކަމަށް އައްޔަން ކުރައްވައި އެކަމުގެ ލިޔުން ހަވާލު ކުރައްވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި އެރަސްމިއްޔާތުގައި މެންބަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ އަރީފުއެވެ.
ސީއެސްސީގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން 22 މީހަކު ވަނީ ކުރިމަތިލައިފައެވެ. އޭގެ ތެރެއިން 14 މީހަކު ޝަރުތު ހަމަވާ އިރު، ޝަރުތު ހަމަވާ މީހުންނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކާ ބެހޭ ކޮމެޓީން އިންޓަވިއުކޮށް، އެންމެ ގިނަ މާކްސް ހޯދާފައި ވަނީ ސީއެޗްއެސްސީގެ ކުރީގެ ޕްރިންސިޕަލް އާމިރާއެވެ.