މިންހާ ފާއިޒް ރަޝާދު
ކޮވިޑް19އާ ގުޅިގެން ތައިލޭންޑުގެ ރަސްގެފާނު މަހާ ވަޖިރަލޯންކޯން، އައިސޮލޭޓްވެވަޑައިގަތީ ޖަރުމަނުގެ ހޮޓެލައްގައެވެ. އެމަނިކުފާނުވަނީ މުޅި ހޮޓާ ނަންގަވައިފަ އެވެ. އަދި އެއައިސޮލޭޝަނަށް ވަޑައިގަތީ 20 ޖާރިޔާ ގޮވައިގެންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖަރުމަނުގައި ލޮކްޑައުން އިއުލާނުކޮށްފައިވީ ނަމަވެސް ތައިލޭންޑުގެ ރަސްގެފާނު އެގައުމުގެ ހޮޓަލެއް ބުކްކުރައްވައި ބަދަލުވުވެވަޑައިގަތީ ހާއްސަ ހުއްދައެއްގެ ލިބިވަޑައިގެންނެވެ. އެމަނިކުފާނު ހުންނެވި ހޮޓެލަކީ ބަވާރިއާގައި ހުންނަ ހަތަރު ތަރީގެ ހޮޓަލެކެވެ.
ޖަރުމަނުގެ ހަބަރުތައް ބުނާ ގޮތުގައި ރަސްގެފާނު ހޮޓަލުގައި ހުންނެވީ 20 ޖާރިޔާއާއި ބައެއް ނޯކަރުންނާވެސް އެކުއެވެ. ރަސްގެފާނު މި ދަތުރުފުޅުގައި ގެންދެވި މީހުންގެ ޖުމުލަ އަދަދު ނޭނގުނު ނަމަވެސް، އެ ގެންދެވި މީހުންގެ ތެރެއިން ކޮވިޑްގެ އަލާމާތް ފެނުނު 119 މީހަކު އަނބުރާ ފޮނުވާލާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
ރަސްގެފާނު ޖަރުމަނުގައި އައިސޮލޭޓުވެވަޑައިގެން ހުންނެވިކަން މީޑިއާތަކުން އާންމުކުރުމާއެކު ތައިލޭންޑުގެ ރައްޔިތުން ދަނީ މީސް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ. އެގައުމުގައި ރަސްކަމުގެ ތަހުތާ ދެކޮޅަށް ފާޅުގައި ވާހަކަދެއްކުމަކީ ކުށްވެރިވާ ކަމެކެވެ.
ތައިލޭންޑުގެ ރަސްގެފާނު ހަތަރު ކައިވެންޏެއް ބައްލަވައިގަތެވެ. ޖަރުމަނަށް ވަޑައިގެންނެވި އިރު މިހާރުގެ އަނބިކަބަލުން ރާނީ ސުތިދާ ގެންދެވިކަން ޔަގީނެއް ނުވެއެވެ.
މިވަގުތު ތައިލޭންޑުގައި ކޮވިޑް19 އަށް 1500 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު ނުވަ މީހަކު ވަނީ މަރުވެފައެވެ.