ގ.އަޮލިވާ ގްރީން މޮނީޓަރިންގެ ހާލަތަށް ގެނައީ މޮނީޓަރިންގައި ހުރި މީހަކާ ގުޅިގެން ނުބައިކޮށް މައުލޫމާތެއް ލިބިފައިވާތީ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ގ. އޮލިވާ ގްރީން މޮނީޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން ފުލުހުން ކުރަންޖެހޭ ކަންކަން ކުރަން އެދި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ފަރާތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ގެ މޮނީޓަރިންގެ ހާލަތަށް ގެނައީ އެ ގޭގައި ހުރި މީހެއްގެ ކިބައިން ކޮވިޑް 19 އަށް ޝައްކުވާ އަލާމާތެއް ފެނުމާއި ގުޅިގެން ކަމަށެވެ.
ނަމަވެސް މިރޭ އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓުތަކެއްގައި ބުނެފައިވަނީ އެ ގެއަށް ވަދެ ނުކުތުން މަނާ ކުރެވުނީ ނުބައި މައުލޫމާތެއްގެ ސަބަބެއް ކަމަށާއި އެހެންކަމުން މިދިޔަ ވަގުތުތަކުގައި ދިމާވި ދަތިތަކަށް އެ ގޭގައި ދިރިއުޅޭ މީހުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި އެ ގެ މިހާރު މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ އެ އިދާރާއިން ފިޔަވަޅު އަޅަމުންދަނީ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ކަމަށާއި ކަމަށެވެ. އަދި އެޗްޕީއޭއާ ހިއްސާކުރާ މައުލޫމާތުގެ ސައްހަކަން ޔަގީން ކުރުމަށާއި ދޮގު މައުލޫމާތު ފަތުރާ އަދި ހިއްސާ ނުކުރުމަށް ވެސް ވަނީ އެދިފައެވެ.