ތ. ވިލުފުށީ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ، ސަބް ބޭސްގެ މަސައްކަތުގެ އިތުރުން އެ މަސައްކަތުގެ ދަށުން ދަނޑުގެ ވެލިގަނޑު އެއްވަރު ކުރުމާއި، އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތްތަކުގެ އިތުރުން ވެސް އެމްޓީސީސީން ދަނޑު ވަށައިގެންވާ ޕޭވްމަންޓު ވެސް ހަދައި ނިންމާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ތ. ވިލުފުށީ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް އެމްޓީސީސީން ކޮށްފައިވަނީ ސަބް ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް ކޮށްފައިވަނީ 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.