ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދުމަށް އުރީދޫ މޯލްޑިވްސް އިން ނުގުޅާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އުރީދޫން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކަސްޓަމަރުންގެ ބޭންކް އެކައުންޓުގެ ތަފްސީލު ފަދަ ޒާތީ އެއްވެސް މައުލޫމާތެއް ހޯދުމަށް އެ ކުންފުނިން ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށެވެ. އަދި އިނާމެއް ދޭނެ ކަމަށް ބުނެ ފައިސާ ހޯދުމަށްވެސް އުރީދޫން ނުގުޅާނެ ކަމަށް އެކުންފުނިން ބުނެއެވެ.
އުރީދޫން ބުނީ އެފަދަ މައްސަލައެއް ފެންމަތިވެއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ 3322112 އަށް ގުޅުއްވައި ރިޕޯޓް ކުރެއްވުން އެދޭ ކަމަށެވެ.
އުރީދޫން މިހެން ބުނެފައިވާ އިރު، އުރީދޫގެ ނަމުގައި އެ ކުންފުނީގެ ބައެއް ކަސްޓަމަރުންނަށް ގުޅައިގެން ނަހަމަ ގޮތުގައި ފައިސާ އާއި ޒާތީ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.