ސަރުކާރުން ހިއުމަން ޕަޕިލޯމާވައިރަސް ވެކްސިން(އެޗްޕީވީ) ދޭ އުމުރުފުރާ ނޫން އުމުރުފުރާތަކުގެ މީހުންގެ ތެރެއިން އަމިއްލައަށް ވެކްސިން ގަނެގެން ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ނުޖަހައި ތިބި މީހުން، ދެވަނަ ޑޯޒް ލިބުމުން ޖެހުމަކުން ގޯހެއް ނެތް ކަމަށް މަޝްހޫރު ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެޗްޕީވީ ވެކްސިން ޖަހަން ޖެހޭ މުއްދަތަށް ވުރެ ލަސްވި ނަމަވެސް އޭގެން ލިބޭ މަންފާ ކުޑަ ނުވާނެ ކަމަށެވެ.
"ސަރުކާރުން HPV ވެކްސިން ދޭ އުމުރުފުރާ ނޫން އެހެން އުމުރުތަކަށް އަމިއްލައަށް ގަނެގެން ވެކްސިން ޖެއްސެވި ފަރާތްތަކުން ދެވަނަ ޑޯޒް ގަންނަން މިވަގުތު ލިބެން ނެތަސް، ލިބުމުން ޖެހީމާ ރަނގަޅުވާނެ. އެފަރާތްތަކަށް، މި ވެކްސިންގައި ދެވަނަ ވަނަ ޑޯޒް ލަސްވިޔަސް މަންފާ ކުޑައެއް ނުވާނެ، އިންޝާﷲ" ޑރ ފައިސަލް ވިދާޅުވިއެވެ.
އެޗްޕީވީ ވެކްސިން އަކީ ކެންސަރުން ދުރުކުރުމަށް ޖަހާ ވެކްސިން އެކެވެ.