ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ މި ދަތި ދަނޑިވަޅުގައި ރިސޯޓު ތަކުން ކަނޑާލާ މުވައްޒަފުން އޭނާގެ ކުންފުނިތަކަށް ދިއުމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދައުވަތުދެއްވައިފި އެވެ.
ޖާބިރު މި ކަމަށް ދައުވަތުދެއްވާފައި ވަނީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ޖާބިރު ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ރިސޯޓުތަކުގައި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރުމަށް ރައީސް ސޯލިހު އެދިވަޑައިގަތުމީ އެކަމަށް ތާއީދު ކުރައްވާ ކަމެއް ކަމަށެވެ.
މުސީބާތެއް ކުރިމަތިވެފައިވާ ވަގުތެއްގައި އިތުރަށް ހާލުގައި ޖެއްސުމަކީ އިންސާނިއްޔަތު ކަމާއި ހިލާފު ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ހާލަތާއި ބައްދަލު މުސާރައެއް ދޭނެ ކަމަށެވެ. މުވައްޒަފުން ހާލުގައި ނުޖެހޭނެ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަކަށް އެހީތެރިވެދޭނެ ކަމަށާއި، މި ހާލަތުން އަރައި ގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ޖާބިރު ވިދާޅުވިއެވެ.