މާލެއިން ފުރައިގެން ނ. މާޅެންދޫއަށް ދަތުރުކުރި ބޯޓެއް އެ އަތޮޅު މަނަދޫއަށް ވަންނަން އުޅުމުގެ ތެރޭގައި ނެރު ފައިކައްޓަކަށް އެރުމުގެ ސަބަބުން އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ ބޯޓެއް އަޑިއަށްދާ ކަމަށް ބުނެ ރިޕޯޓްކޮށްފައިވަނީ ރޭ 04:30 ގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ބޯޓު އޮތް ސަރަހައްދަށް ސިފައިން ދިޔައިރު ފުލުހުންނާއި މަނަދޫ ރައްޔިތުން ގުޅިގެން ބޯޓުން ދަތުރުކުރި މީހުން މަނަދުއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އަޑިއަށް ދިޔަ ބޯޓުގެ މުދާތައްވެސް ވަނީ މަނަދޫއަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މިހާރު މަސައްކަތްކުރަމުން އަންނަނީ އެ ބޯޓު ފުންކުރުމަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.