ޚަބަރު

އެމްއެންޑީއެފުން ހުޅުމާލެ ބޭރުގައި އަސްކަރީ ތަމްރީންތަކެއް ހިންގަނީ

އެމްއެންޑީއެފުން ހުޅުމާލެ ބޭރުގައި އަސްކަރީ ތަމްރީންތަކެއް ހިންގަން ނިންމާފައިވާތީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އަންގައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބަޑިޖަހައިގެން ހިންގުމަށް ހަމަޖެހިފައިވާ އެ އަސްކަރީ ތަމްރީނުތައް ކުރިއަށްދާނެ ކަމަށް އަންގާފައިވަނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ.

ތަމްރީނުތައް ކުރިއަށްދާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

އެހެންކަމުން ހުޅުމާލޭގެ އިރުން ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަންދީގެން ދަތުރުފަތުރު ކުރުމަށް ޓްރާންސްޕޯޓްގެ އިއުލާނުގައިވެއެވެ