އަދާލަތު ޕާޓީ

ސަރުކާރު ބަލިކަށިކޮށްލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެވޭނެ: އަލީ ޒާހިރު

ޝަހީދާ އަބްދުﷲ ސައީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިކަށިކޮށްލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ރައްޔިތުންގެ އިހުސާސްތަކާއި އުންމީދުތަކާ އެއްގޮތަށް ގުޅިގެން އުފެދުނު ސަރުކާރު އެގޮތުގައި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.

އަލީ ޒާހިރު މިފަދަ މޭރުމަކުން ޓުވީޓު ކުރެއްވި އިރު، ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ބެހުމާއި މެދު ކޯލިޝަންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ.