އަދާލަތު ޕާޓީ

އަދާލަތު ޕާޓީން މަޖިލީހުގެ 13 ދާއިރާއަކަށް ނިކުންނާނެކަން އިއުލާނުކޮށްފި

އަހުމަދު ޖައިޝަން

ސަރުކާރު ހިންގާ ސިޔާސީ ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން 13 ދާއިރާ އަކަށް ނިކުންނާނެކަން އެޕާޓީން އިއުލާނުކޮށްފި އެވެ. އަދާލަތުން ވަނީ ނިކުންނާނެ ދާއިެާތައް ވެސް އިއުލާނުކޮށްފަ އެވެ.

އަދާލަތު ޕާޓީގެ ފަރާތުން އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ދާއިރާތަކަކީ :

ކެލާ ދާއިރާ

ވައިކަރަދޫ ދާއިރާ

ކުޅުދުއްފުށި ދާއިރާ

މަކުނުދޫ ދާއިރާ

އިނގުރައިދޫ ދާއިރާ

ކާށިދޫ ދާއިރާ

މުލަކު ދާއިރާ

މަހިބަދޫ ދާއިރާ

ނިލަންދޫ ދާއިރާ

ގަމު ދާއިރާ

ފުވައްމުލަކު ދެކުނު ދާއިރާ

ފޭދޫ ދާއިރާ

މާފަންނު ދެކުުނު ދާއިރާ

އަދާލަތުން ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް މަޖިލީހަށް ނިކުންނަން ނިންމި އިރު، އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ މަޖިލީހުގެ ހުރިހާ ދާއިރާ އަކަށް ނިކުންނަން ފާސްކޮށްފަ އެވެ.

އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ސޮއިކުރައްވައިފައިވާ އެގްރީމެންޓުގައި ބުނާގޮތުން، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިއްސާ އަކީ 20 ޕަސެންޓެވެ.

އެ އެއްބަސްވުމުގެ ހިސާބަށް ބަލާނަމަ އަންނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ކުރިމަތިލެވޭނީ 35 ދާއިރާއަކަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާއަށް ކުރިމަތިލެވޭއިރު ޖުމްހޫރީ ޕާޓީއަށް ލިބޭނީ 22 ދާއިރާއެވެ. އަދި ރައީސް މައުމޫން ރިފޯމްއަށް ލިބޭނީ 17 ދާއިރާއެވެ.

އަދާލަތުން ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް މަޖިލީހަށް ނިކުންނަން ނިންމި އިރު، އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ މަޖިލީހުގެ ހުރިހާ ދާއިރާ އަކަށް ނިކުންނަން ފާސްކޮށްފަ އެވެ.