ޚަބަރު

ވިލިނގިލީ ޕޮލިސް އެކޮމަޑޭޝަން ބްލޮކް ބޭނުންނުކުރެވޭ ވަރަށް އަނދައިފި

ގއ. ވިލިނގިލީ ޕޮލިސް އެކޮމޮޑޭޝަން ބްލޮކް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ. ވމި ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު އެވެ.

"ވަން އޮންލައިން އަށް މައުލޫމާތު ދިން ވިލިނގިލީ މީހަކު ބުނީ މި ހާދިސާގައި ފުލުހުންގެ ތިން މީހަކު ފިހިފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ކައުންސިލްގެ ބޭފުޅަކާ ގުޅޭގޮތް ނުވުމުން މި ހާދިސާގެ ރަސްމީ ކޮމެންޓެއް ލިބޭނެ ގޮތެއް އަދި ވަނީ ނުލިބިފަ އެވެ.

އެހެން ނަމަވެސް ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާނުގ ހާދިސާގައި އެ އިމާރާތުގައި ވަނީ އެއްކޮށް ރޯވެ މުޅި އިމާރާތަށް އަލިފާންގަނޑު ފެތުރިގެން ގޮސްފަ އެވެ.