ކޮވިޑް 19 އާއި ގުޅިގެން ލޯނުތައް ފަސްކޮށްދޭން ސަރުކާރުން ނިންމާފައިވާ ހަމަހަށް، ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިން ޑަބަލް އިންޓްރެސްޓް ނުނަގާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބީއެމްއެލުން އަންނަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ކަމަށެވެ.
އެގޮތުން އެބޭންކުން މަސައްކަތް ކުރަނީ ބައިނަލް އަގުވާމީ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތީން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާގައި ކޮވިޑް 19ގެ ހާލަތު ބަދަލުވާ ގޮތް ބަލަމުން ގެންދަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.