ޚަބަރު

މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފަ އޮތް މީހަކު ފެނިއްޖެ

އައިދާ އަބްދުލް ހަކީމް

ކާސިންޖީ މަގުގައި ހުރި ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީއެއް ކަމަށެވެ.

ފުލުހުން ބުނީ މިއަދު 9:10 ހާއިރު ގެސްޓުހައުސެއްގައި ބަނގްލަދޭޝް ފިރިހެނެއް މަރުވެފައި އޮތް ކަމުގެ ރިޕޯޓް އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އަކީ މ. ކޮޅުފުށިން އައި މީހެއް ކަމަށާއި އެމީހާ ބަނޑުގައި ރިއްސާތީ އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ދައްކާފައިވާ ކަމަށެވެ. އަދި މިއަދު އެމީހާ ޑޮކްޓަރަށް ދައްކަން ޖެހޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް އެއިދާރާ އިން ވަނީ ބުނެފައެވެ.