ޚަބަރު

އެކި ދުވަސް މަތިން އަލިދޫ ރިސޯޓަށް އަރައި ވައްކަންކުރި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފި

މަރިޔަމް ޝަހުދާ

އއ. އަލިދޫ ރިސޯޓަށް އެކި ދުވަސްމަތިން އަރައި އެ ރިސޯޓުން ވައްކަން ކުރި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރާއި 34 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރުކުރުމުން ދެ މީހުންގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ މީގެ ކުރިން ހަތަރު ދިވެހި ފިރިހެނުން ހައްޔަރުކޮށްފައެވެ. އެއީ 30 އަހަރާއި 33 އަހަރާއި 34 އަދި 35 އަހަރުގެ މީހުންނެވެ. އެ ހަތަރު މީހުންގެ ބަންދައް އިއްޔެ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަސް ޖަހައިފައެވެ.