ޚަބަރު

އިންތިހާބުގެ ކަންކަން އަލުން ފެށެންދެން މާލޭގެ މޭޔަރު ކަމުގެ ވާދަ ހުއްޓަން ވެއްޖެ: މޫސަ

އައިދާ އަބްދުލް ހަކީމް

އިންތިހާބުގެ ކަންކަން އަލުން ފެށެންދެން މާލޭގެ މޭޔަރު ކަމުގެ ވާދަ ހުއްޓާލަން ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުތަކުން ކަންކަން ކޮށްފައި ހުރީ ދައުލަތުގެ ވަޒީފާއާއި ބޮޑުމުސާރަ އާއި އިންޖިނޭރުންނާ ރައްޔިތުންގެ ހަންދާ ވަރުގެ ލޯނު ނަގައިގެން ކަމަށެވެ. އަދި މިދުވަސްވަރު ހުރިހާ އެންމެންވެސް ކޮވިޑް19ގެ ކަންކަމާއިގެން އުޅުއްވުމަށް މޫސަ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"އިންތިހާބުގެ ކަންކަން އަލުން ފެށެންދެން މާލޭގެ މޭޔަރު ކަމުގެ ވާދަ ހުއްޓަން ވެއްޖެނު! ދައުލަތުގެ ވަޒީފާއާއި ބޮޑުމުސާރައާއި އިންޖިނޭރުންނާ ރައްޔަތުން ހަންދާ ވަރުގެ ލޯނާ ނަގައިގެން ސަރުކާރުތަކުން ކަންކަން ކޮށްފަ ހުންނަނީ ކާކުތަ ވަޖުހުފުޅަށްޓަކައި ކަމެއްކުރީ؟ ކޮރޯނާ ކަންތަކާއުޅެމާބަހީ!" މޫސަ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އިން ރައްކާތެރި ވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތައް ފާހަގަކުރައްވައި މޫސަ ވަނީ އެކަމަށް ތައުރީފުކުރައްވާފައެވެ.