ޚަބަރު

ވިޓަމިންސީ އާއި ޒިންކޯވިޓް ބޭނުންކުރިޔަސް ކޮވިޑުން ރައްކާތެރިވާ ކަމަށް އެއްވެސް ގަރީނާއެއް ނެތް: ޑރ ފައިސަލް

އައިދާ އަބްދުލް ހަކީމް

1

ވިޓަމިންސީ އާއި ޒިންކޯވިޓް ބޭނުންކުރިޔަސް ކޮވިޑުން ރައްކާތެރިވާކަމަށް އެއްވެސް ގަރީނާއެއް ނެތް ކަމަށާއި އަދި އެފަދަ ބޭސްތަކަށް އޯވަ ޑޯޒް ނުވުމަށް މަޝްހޫރު ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ވިޓަމިންސީއަކީ ކޮވިޑަށް ބޭނުންކުރެވޭ ފަރުވާއެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ މީސްމީޑިއާގައި ޕޯސްޓުތައް ދައުރުކުރަމުންނެވެ.

ޑރ. ފައިސަލް ވިދާޅުވީ ދިފާއީ ނިޒާމު ރަނގަޅުކުރަން ރަނގަޅު އެއްޗެހި ކެއުމާއި ބުއިމާއި، ކަސްރަތު ކުރުމަށާއި އަޅުކަން ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި ރަހްމަތްތެރިންނާ ފޯނުން ނުވަތަ ނެޓުން ގުޅާލުމާއި މީހުންނަށް ހެޔޮބަސް ބުނުން ގިނަކުރުމަށް ޑރ. ފައިސަލް ވަނީ އެދިވަޑައިގެންފައެވެ. އަދި މިވަގުތު ކޮންމެހެން ދާން ޖެހިއްޖެ ހާލަތުގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށާއި ދިޔަސް އާއިލާގެ އެންމެން ހޮސްޕިޓަލަށް ނުދިއުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

"ވިޓަމިންސީ އާއި ޒިންކޯވިޓް ބޭނުންކުރިޔަސް ކޮވިޑުން ރައްކާތެރިވާކަމަށް އެއްވެސް ގަރީނާއެއް ނެތް. އޯވަ ޑޯޒް ނުވާތި. ދިފާއީ ނިޒާމު ރަނގަޅުކުރަން ރަނގަޅު އެއްޗެހި ކެއުމާއިބުއިން، ކަސްރަތު، އަޅުކަންތައް ރަހްމަތްތެރިންނާ ފޯނުން/ނެޓުން ގުޅާލުން މީހުންނަށް ނުބަވައި ރަނގަޅު ބަހެއް ބުނެލުން." ޑރ. ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ގޭގައި ގެންގުޅޭ ދޫންޏަކުން ނޫނީ މަހަކުން ކޯވިޑް19 ނުޖެހޭނެ ކަމަށް ވެސް ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި އެންމެ ނުރައްކާތެރި ހާލަތުވެސް އަތުވެދާނެ ކަމަށް ވިސްނައި، ﷲގެ ރަހުމަތުން އުންމީދު ކަނޑައިނުލުމަށާއި މިކަމުންވެސް ސަލާމަތް ވާނެ ކަމަށް އުއްމީދުކުރުމަށް ވަނީ އެދިވަޑައިގެންފައެެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟