ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން ފްލައިމީގެ ހުރިހާ ދަތުރުތަކެއް މެދުކަނޑާލަން ނިންމައިފިއެވެ.
ވިލާ އެއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ސޮއިކުރައްވައި އެކުންފުނިން ނެރުނު ބަޔާނުގައި ބުނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ފްލައިމީގެ އެތެރޭގެ ދަތުރުތައް މުއްދަތެއް ނެތްގޮތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
ދަތުރުތައް މެދުކަނޑާލަން ނިންމީ ކޮވިޑް 19އިން ރައްކާތެރިވުމަށް ރާއްޖެއަށް ފަތުރުވެރިން އެތެރެވުން ސަރުކާރުން މަނާކުރުމާއި، ދަތުރުފަތުރު ކުރުމުގެ އުސޫލުތަކަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އެ ކުންފުންޏަށް ބޮޑުތަނުން ގެއްލުން ވަމުންދާތީ ކަމަށް ވިލާ އެއާއިން ބުނެއެވެ.
ނަމަވެސް މި ދުވަސްވަރު ރައްޔިތުން ބޭނުންވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ކުރޫ މެންބަރުން ތައްޔާރަށް ތިބި ކަމަށް ވިލާ އެއާން ބުނެއެވެ.