ޚަބަރު

ބަންދު ދުވަސްތަކުގައި މަގު ބަންދު ކުރުމުގެ ހުއްދައާއި މަގުމަތީ މަސައްކަތްކުރުމުގެ ހުއްދަ ދޫކުރާނީ ދުވާލު

އަލީ ޔާމިން

ސަރުކާރު ބަންދު ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން ކުރިން ދޫކުރަމުން ގެންދިޔަ ރޭގަނޑު މަގު ބަންދުކޮށްގެން ކުރާ މަސައްކަތުގެ ހުއްދަ ދެން ދޫކުރާނީ ދުވާލު ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ވަނީ އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދުކުރުމަށް ނިންމައިފައެވެ. އެހެންކަމުން މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުވާނެއެވެ.

މަގު ބަންދު ކުރުމުގެ ހުއްދައާއި މަގުމަތީ މަސައްކަތް ކުރުމުގެ ހުއްދަ އާއި ބޯޑު ދޫކުރުން އަދި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް:

  • 29، 30 މާޗް 2020 - މި ދެ ދުވަހުގެ ހުއްދަތައް ދޫކުރުން 28 މާޗް 2020 ވާ ހޮނިހިރު ދުވަހުގެ 08:00 އިން 12:00 އަށް.
  • 31 މާޗް 2020 އަދި 01 އޭޕްރިލް 2020 - މި ދެ ދުވަހުގެ ހުއްދަތައް ދޫކުރުން 30 މާޗް 2020 ވާ ހޯމަ ދުވަހުގެ 08:00 އިން 12:00 އަށް.
  • 02، 04 އޭޕްރިލް 2020 - މި ދެ ދުވަހުގެ ހުއްދަތައް ދޫކުރުން 01 އޭޕްރިލް 2020 ވާ ބުދަ ދުވަހުގެ 08:00 އިން 12:00 އަށް.

ސިޓީ ކައުންސިލުން ބުނީ މަތީގައިވާ ހުއްދަތަކަށް ބޯޑު ދޫކުރުން، މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 12:00 އަށް، އަދި ބޯޑު ބަލައިގަތުން ރޭގަނޑު 8:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާނެ ކަމަށެވެ.