ޚަބަރު

ފިލިޕީންސްގައި ތިބި 47 މެޑިކަލް ދަރިވަރުން މިރޭ ފުރަނީ

ފިލިޕީންސްގައި ތިބި 47 މެޑިކަލް ދަރިވަރުން މިރޭ ފުރާގޮތަށް ހަމަޖެހިއްޖެއެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މިހާރުވެސް އެތައް ހާސް ދަރިވަރުންނެއް ކިޔަވަމުން އަންނައިރު، އެ ޕްރޮގްރާމަކީ ސަރުކާރުގެ ވައުދެކެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ އެ ދަރިވަރުން ގަތަރަށް ގޮސް، ގަތަރުން މާލެ އާދެވޭނީ މާދަމާ ކަމަށާއި ފިލިޕީންސުން އިތުރު ކުދިންތަކެއް މާދަމާ ވެސް ފުރާނެ ކަމަށެވެ.

"ފޮރިން މިނިސްޓްރީގެ ފަރާތުން މިވަގުތު ކުރެވެމުންދާ ބުރަ މަސައްކަތުގެ ތެރެއިން 47 މެޑިކަލް ސްޓޫޑަންޓުން މިހާރު މިވަނީ މިރޭގެ ވަގުތެއްގައި ފިލިޕީންސުން ފުރާގޮތަށް ހަމަޖެއްސިފައި. އެކުދިން ގަތަރަށް ގޮސް، ގަތަރުން މާލެ އާދެވޭނީ މާދަމާ ރޭ. އަދި އިތުރު ކުދިންތަކެއް އިރާދަކުރެއްވިއްޔާ މާދަމާ މިކޮޅަށް ގެނައުމަށް، އެކޮޅުން ފުރާނެ ކަމަށް. މިއީ ފޮރިން މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބުނު ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރަން،" އޭނާ ވިދާޅުވިއެވެ.

ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގައި ކިޔަވާ މެޑިކަލް ދަރިވަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ރާއްޖެއަށް އަންނަން ބޭނުންވާ ދަރިވަރުން ރަޖިސްޓަރީވުމަށް ފޮރިން މިނިސްޓްރީން އެދިފައިވެއެވެ.