ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ބިދޭސީއަކު ފެނިގެން ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ޝައްކުކުރެވޭ އަލާމާތްތައް ފެނުނު އެމީހާގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް އިން ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި،" އެޗްޕީއޭ އިން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައިވާ އިރު، އޭގެ ތެރެއިން އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.